އުރީދޫ މަސްރޭހުގެ ޗެމްޕިއަންކަން ސޮނީ ފިޝިން އިން ހޯދައިފި

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން އިން ހޯދައިފިއެވެ. އުރީދޫގެ 18 ވަނަ އަހަރީ ...

08 Aug 2023 | 09:12

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 – މާލެ ސިޓީ ގެ ޗެމްޕިއަންކަން ޓީމް ސޮނީ ފިޝިން އިން ހޯދައިފިއެވެ.

އުރީދޫގެ 18 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަހަރުގެ މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ބާއްވަން ހަމަޖައްސާފައެވެ.

މާލެ ސިޓީ މަސްރޭހަށް ރެޖިސްޓަރ ކުރި 30 އަށްވުރެ ގިނަ ޓީމާއެކު މާލޭގައި މި މުބާރާތް ފަށާފައިވަނީ  ހުކުރު ދުވަހުއެވެ.

މި ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް އުރީދޫ އިން ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

އެގޮތުން، ސޮނީ ފިޝިން ޓީމުން ޖުމްލަ 860.34 ޕޮއިންޓާ އެކު ޗެމްޕިއަންކަން ހޯދާ ފައިސާގެ އިނާމެއްގެ ގޮތުގައި 25،000 ރުފިޔާ ވަނީ ހޯދާފައެވެ. އަދި މި މުބާރާތުގެ ރަނަރަޕްކަން ހޯދާފާވަނީ 698.7 ޕޮއިންޓާއެކު ޑެޓިއުންފިޝިންއިންނެވެ. ހަމައެފަދައިން 412.18 ޕޮއިންޓާ އެކު ތިންވަނަ ކާމިޔާބުކޮށްފާވަނީ ސްޓެލްކޯ މެން ޓީމުންނެވެ.

މީގެ އިތުރަށް، ޓީމް ކްރަންޗީސްގެ ނައުޝާދު، މަސްވެރިކަމުގެ ހުނަރުދައްކާލާ އެންމެ މޮޅު ކޮޔޮޅުގެ މަގާމު ކާމިޔާބުކޮށްފާވާއިރު، އެންމެ މޮޅު އަންހެން ކެޔޮޅުގެ މަގާމް ކާމިޔާބުކޮށްފައިވަނީ ޑީޓިއުންފިޝިންގ އިން ފެޒޫ އެވެ.  އަދި މި މުބާރާތުގައި އެންމެ ބަރު މެހެއްގެ ގޮތުގައި ބާނާފައިވާ ބަރުމިނުގައި 17.54 ކިލޯ ގެ މުޑަހަނދި ބޭނީ ޗެމްޕއިން ޓީމް ސޮނީ ފިޝިންގ އިން ވަލީދުއެވެ. އެގޮތުން އޭނާއަށް ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.

މި މުބާރާތުގެ ދެން ހުރި ސިޓީ ތަކުގައި މަސްރޭސް ކުރިއަށް ދާން ހަމަޖެހިފައިވަނީ ތިރީގައިމިވާ ތާރީޚުތައް:

  • ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11
  • އައްޑޫ ސިޓީ: އޮގަސްޓް 18
  • ފުވައްމުލައް ސިޓީ: އޮގަސްޓް 25

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން މާލެ ސިޓީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރާކަމަށް އުރީދޫ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް