ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރަން ކެނޑިޑަސީ ހުށަހަޅާފައިވާ ހަސަން ޒަމީލްގެ ކެނޑިޑަސީ ރަނގަޅުކަމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެގޮތަށް ނިންމިކަން ހާމަކުރެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބެވެ.
" 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، މއ. މާވެޔޮވިލާ އަލްފާޟިލް ޙަސަން ޒަމީލް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، ޙަސަން ޒަމީލް އަކީ، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ޙަސަން ޒަމީލް ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ޤަބޫލު ކޮށްފައި." ހަބީބް ވިދާޅުވެފައިވެއެވެ.
ޒަމީލްގެ ކެނޑިޑަސީ ގަބޫލުކޮށްފައިވާއިރު މި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން މިވަނީ ކަށަވަރުވެގެން ގޮސްފައެވެ. އެއީ އެމްޑީޕީން ރައީސް ސޯލިހް، ޖޭޕީން ގާސިމް، އެމްއެންޕީން ނާޒިމް، ޕީއެންސީން މުއިއްޒު، ޑިމޮކްރެޓްސް އިން އިލްޔާސް އަދި އަމިއްލަގޮތުން އުމަރާއި ފާރިސް އާއި ޒަމީލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް