އެމްޑީޕީ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހު ކޮށްފި

އެމްޑީޕީ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހު ކޮށްފިއެވެ. މެނިފެސްޓޯ އިފްތިތާހު ކޮށްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގައި، ރޭ ދ. ކުޑަހުވަދޫގައި ...

08 Aug 2023 | 06:42

އެމްޑީޕީ މެނިފެސްޓޯގެ ފުރަތަމަ ސިޔާސަތު އިފްތިތާހު ކޮށްފިއެވެ.

މެނިފެސްޓޯ އިފްތިތާހު ކޮށްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕޭނަށް ކުރައްވާ ދަތުރުފުޅުގައި، ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ މެނިފެސްޓޯ، ފަސް ސިޔާސަތެއްގެ މައްޗަށް ބަހާލާފައި ވެއެވެ. އެއީ:-

  • އުފާވެރި ދިރިއުޅުން
  • އަމާން މުޖުތަމައު'
  • ޒުވާނުންގެ އާ ޖީލު
  • އިގުތިސޯދީ ބޮޑު ބަދަލު
  • ހެޔޮވެރިކަން

މި ސިޔާސަތުތަކުގެ ތެރެއިން އިފްތިތާހު ކޮށްފައި ވަނީ 'އުފާވެރި ދިރިއުޅުން' ސިޔާސަތެވެ.

އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ހަތަރު ކެޓަގަރީ އަކީ، ޝާމިލު އޯގާތެރި ރައްޔިތުން، އުފެއްދުންތެރި ފުދުންތެރި ޖީލު، ދުޅަހެޔޮ ބަދަހި މުޖުތަމައު އަދިގުޅީފައިވާ ޕާޓީތަކުގެ ސިޔާސަތެވެ.

ރޭގެ ޖަލްސާގައި އެ ސިޔާސަތު ތަކުގެ ތަފްސީލު ހާމަކޮށްދިނީ ދރ. އައިޝަތު ޝަފީނާއެވެ. އޭނާ ވިދާޅުވި ގޮތުގައި މެނިފެސްޓޯ އެކުލަވާލީ ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދުގެ އިތުރުން އާއްމުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ކަމަށެވެ.

އަދި ސިޔާސަތުތައް އެކުލަވާލި އިރު ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ސިޔާސަތު އެކުލަވާލުމުގައި އެންމެން ބައިވެރި ކޮށްފައި ވާނެ ކަމަށް ޝަފީނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް