ފާރިސް އާއި އުމަރުގެ ކެނޑިޑަސީ ރަނގަޅުކަމުގައި އިލެކްޝަންސް އިން ބަލައިގެންފި

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ކެނޑިޑަސީ ހުށަހެޅުއްވި އުމަރު ނަސީރާއި އަހްމަދު ފާރިސް މައުމޫންގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ. މިކަން ހާމަކުރައްވައި އެ ކ...

08 Aug 2023 | 06:16

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ކެނޑިޑަސީ ހުށަހެޅުއްވި އުމަރު ނަސީރާއި އަހްމަދު ފާރިސް މައުމޫންގެ ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.

މިކަން ހާމަކުރައްވައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި،  އަމިއްލަގޮތުން ވާދަކުރެއްވުމަށް، ރިޔާސީ އިންތިޚާބަށް އިއްޔެ ކުރިމަތި ލެއްވި، އޮނަރަބަލް  ޢުމަރު ނަސީރު އާއި، އޮނަރަބްލް އަޙްމަދު ފާރިސް މައުމޫން ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި،  އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކުރިއިރު، ޤާނޫނުގައިވާ ގޮތުގެ މަތީން، އޮނަރަބަލް  ޢުމަރު ނަސީރު އާއި، އޮނަރަބްލް އަޙްމަދު ފާރިސް މައުމޫން، ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ބޭފުޅެއްކަމުގައި ބަލައި، ދެ ބޭފުޅުން ހުށަހެޅުއްވި ހުށަހެޅުއްވުން އިލެކްޝަންސް ކޮމިޝަނުން މިއަދު  ވަނީ  ޤަބޫލު ކޮށްފައި ކަމަށެވެ.

އަމިއްލަ ގޮތުން ހަސަން ޒަމީލްގެ ކެނޑިޑަސީއާއި މެދު އިލެކްޝަން އިން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ހަބީބް ވިދާޅުވީ ޒަމީލްގެ ހުށަހެޅުން ބަލަމުން އަންނަ ކަމަށާއި 24 ގަޑިއިރު ހަމަވުމުގެ ކުރިން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް