މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަން ނެތް ނަމަ ލައިސަންސް ހިފަހައްޓަނީ

މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަން ނެތް ނަމަ އެ އުޅަނދެއްގެ ލައިސަންސް ހިފަހައްޓަން ފިޝަރީޒް މިނިސްޓްރީން ނިންމައފިފިއެވެ، ފިޝަރީޒް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ލައިސަންސް ލިބ...

08 Aug 2023 | 05:38

މަސްވެރި އުޅަނދުފަހަރުގައި ވެސަލް މޮނިޓަރިން ސިސްޓަން ނެތް ނަމަ އެ އުޅަނދެއްގެ ލައިސަންސް ހިފަހައްޓަން ފިޝަރީޒް މިނިސްޓްރީން ނިންމައފިފިއެވެ،

ފިޝަރީޒް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން ލައިސަންސް ލިބިގެން ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްވެރިވަމުންދާ އުޅަނދުފަހަރުގެ ޙަރަކާތްތައް ވެސަލް މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް ބެލުމުގެ މަސަކަތް 2020 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ..

މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދޮށީގެ މަސްވެރިކަމާއި ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދުފަހަރާއި އެއުޅަނދުފަހަރުގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކޮށްދިނުމާއި ބައިނަލްއަޤްވާމީ ގޮތުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުވާ ވެސަލް ޓްރެކިންގ ނިޒާމެއްގެ ތެރެއިން މަސްވެރިކަމުގެ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުން ހަރުދަނާކުރުމެވެ.

ދިގުމިނުގައި 18 މީޓަރު (59 ފޫޓު) ހަމަވާ ހުރިހާ އުޅަނދުތަކުގައި ފިޝަރީޒް ނިސްޓްރީއިން ކަނޑައަޅައިފައިވާ ގޮތުގެ މަތިން ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) ހަރުކުރުމަކީ ކަނޑުމަހުގެ މަސްވެރިކަން ކުރުމަށް ދޫކުރެވިފައިވާ މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތެކެވެ.

އެހެންކަމުން، ލައިސަންސް ލިބިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 18 މީޓަރަށްވުރެ ބޮޑެތި އުޅަނދުފަހަރުން މަތީގައި ހަވާލާދީފައިވާ ކަނޑުމަހުގެ މަސްވެރިކަން ރާވައި ހިންގައި، ބެލެހެއްޓުމާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ވީއެލްޑީ ހަރުކޮށްފައި ނުވުން ބެލެވޭނީ އެއުޅަނދަކުން މަސްވެރިކަމުގެ ލައިސަންސްގެ ޝަރުތަކާ ޚިލާފުވުންކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން 30 އޮކްޓޫބަރު 2023 އިން ފެށިގެން، ދިގުމިނުގައި 18 މީޓަރު ހަމަވާ އުޅަނދުތަކުން ވީއެލްޑީ ހަރުކޮށްފައި ނުވާނަމަ، އަދި އެއުޅަނދުގެ ޓްރެކް ނިސްޓްރީއަށް ނުފެންނަ ނަމަ، އެއުޅަނދަށް ދޫކޮށްފައިވާ ކަނޑުމަހުގެ މަސްވެރިކަން ކުރުމުގެ ލައިސަންސް އެއުޅަނދެއްގައި ވީއެލްޑީ ހަރުކުރެވި އުޅަނދުގެ ޓްރެކް ނިސްޓްރީއަށް ލިބެން ފެށުމާއި ހަމައަށް ސަސްޕެންޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން އެ ތާރީހަށް ވީއެލްޑީ ހަރުކޮށްފައިނުވާ އުޅަނދުތަކުންނާއި ވީއެލްޑީ އެކްޓިވޭޓްކޮށްފައިވާ ނުވާ އުޅަނދުފަހަރުން އުރީދޫގެ ހޮޓްލައިން 221 (ދިރާގު ނަންބަރުތަކުން 9613221) އަށް ގުޅައި ވީއެލްޑީ ހަރުކުރުމުގެ ކަންކަން ވީ އެންމެ އަވަހަކަށް ނިންމުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި އެއްވެސް ސަބަބަކާއި ހުރެ އުޅަނދުގެ ޓްރެކް މިހާރު ފެންނަމުން ނުދާ އުޅަނދުފަހަރު އުރީދޫގެ ހޮޓްލައިންއަށް ގުޅައި އެމައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން އެންގިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް