ޒަމީލްގެ ރަނިންމޭޓަކަށް އަނބިކަނބަލުން ހިޔާރުކުރީ، އެވަރަށް އިތުބާރުކުރާ އެހެން މީހެއް ނެތުމުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމއިްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅާފައިވާ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން މީލްގެ ރަނިންމޭޓަކަށް އަނބިކަނބަލުން ހިޔާރުކުރީ، އެވަރަށް އިތުބާރުކު...

08 Aug 2023 | 05:13

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމއިްލަ ގޮތުން ވާދަ ކުރައްވަން ފޯމު ހުށަހަޅާފައިވާ ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ހަސަން މީލްގެ ރަނިންމޭޓަކަށް އަނބިކަނބަލުން ހިޔާރުކުރީ، އެވަރަށް އިތުބާރުކުރާ އެހެން މީހެއް ނެތުމުން ކަމަށް ޒަމީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހަމައެކަނި އަންހެން ރަނިންމޭޓަކީ ޒަމީލްެގެ އަނބިކަމބަލުން މަރިޔަމް އަލީއެވެ.

އެކަމާ ގުޅިގެން ޒަމީލް ވިދާޅުވީ، އެކުގައި 40 އަހަރަށްވުރެ ގިނަ ދުވަސް ކައިވެންޏަށް ހޭދަވެ، ދަރިން ބޮޑެތިވެ ކާފަ ދަރިން ވެސް އެބަ ތިބި ކަމަށާއި އެހެންކަމުން އަނބިކަނބަލުންނަށްވުރެ ށްވުރެ ބޮޑަށް ވަކި އިތުބާރު ކުރާނީ ކާކަށް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.،

"އެހާހާ ދުވަސް ވަންދެން އުޅެވޭއިރު، އަނބިކަނބަލުންނަށްވުރެ ބޮޑަށް އިތުބާރު ކުރެވޭނެ އެހެން މީހަކު މިވަގުތަކު ނެތް، ދަންނަ މީހުންގެ ތެރެއިން"

ޒަމީލް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން އިއުލާނު ކުރެއްވި ޒަމީލްގެ ރަނިންމޭޓަކަށް އަނބިކަނބަލުން މަރިޔަމް އަލީ ހަމަޖައްސަވާފައި ވާއިރު، އިންތިހާބީ އޭޖެންޓަކަށް ހަމަޖެއްސެވީ ދަރިކަލުން އަހުމަދު މަހުރާން ޒަމީލްއެވެ. .

ޒަމީލްގެ ކެނޑިޑެސީ ހުށަހަޅާފައި ވަނީ އިއްޔެ ހެނދުނުއެވެ.

އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރަމުން މީގެކުރިން ޒަމީލު ވިދާޅުވީ، މިހާރު މި އޮތް ޕާޓީސިސްޓަމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫންކަން ހާމަވާ ކަމަށެވެ.

ރާއްޖޭގައި ހިނގާފައިވާ ކޮރަޕްޝަނާއި މީހުން މެރުން ފަދަ ބޮޑެތި ހާދިސާތަކުގެ ރަނގަޅު ތަހުގީގެއް ނުހިންގޭކަން ފާހަގަ ކުރައްވައި ޒަމީލް ވިދާޅުވީ އެކަންކަން ރަނގަޅު ކުރެވޭނީ ހަރުދަނާ ވެރިއަކު ވެރިކަމަށް އަހިސްގެން ކަމަށެވެ.

އަދި ވެރިކަން ދެމެހެއްޓުމަށްތަކައި އެއްވެސް މީހަކު ރުއްސަން ޖެހޭ ފަދަ ވެރިއަކަށް ހެޔޮގޮތުގައި ވެރިކަން ނުކުރެވޭނެ ކަމަށް ޒަމީލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް