އިންޓަރ އޮފީސް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުގެ މުއްދަތު އިތުރުކޮށްފި

އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ ހަތް ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު، ބުރާސްފަތި ދ...

08 Aug 2023 | 04:02

އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ ހަތް ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ މުއްދަތު، ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެހެންކަމުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު، ބުރާސްފަތި ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން  ހޭންޑްބޯލް އެސޯސިއޭޝަނަށް ފޮނުވުން އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ ހަތް ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަފަހު، 06 ފޯމު ހުށަހެޅުމަށް އެ އެސޯސިއޭޝަންގެ އިއުލާނުގައި ވަނީ އެދިފައެވެ.

މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ ދެ ކެޓަގަރީން ހަތަރު ޑިވިޝަނަށެވެ. އެއީ ފިރިހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިިވިށަނެވެ އަދި އަންހެން އެއްވަނަ ޑިވިޝަނާއި ދެވަނަ ޑިވިޝަނެވެ.

މި މުބާރާތުގެ އެއްވަނަ ޑިވިޝަންގެ ޗެމްޕިއަން އަންހެން އަދި ފިރިހެން ޓީމަށް15000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ7000 ރުފިޔާއެވެ.

އަދި ދެވަނަ ޑިވިޝަންގެ އަންހެން އަދި ފިރިހެން ޗެމްޕިއަން ޓީމަށް10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު ރަނާސްއަޕް ޓީމަށް ދިނުމަށް ހަމަޖެހިފައި ވަނީ5000 ރުފިޔާއެވެ.

ހޭންޑްބޯލްގެ ބޮޑު މުބާރާތަކަށް އެންމެ ފަހުން ބާއްވާފައި ވަނީ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕެވެ.

މިދިޔަ މަހުގެ ކުރީކޮޅު ނިމުނު އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ރެޑްހޯކްސް ސްޕޯޓްސް ކްލަބުންނެވެ. އަދި ފިރިހެންބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ކްލަބް ޒެފްރޯލްއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް