ކެމްޕޭނުގައި ރައީސް ސޯލިހަށް މިއަދު ގދ. މަޑަވެއްޔަށް ދާން އޮތް އިރު އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި މާލަމުގައި އަލިފާން ރޯކޮށް އަންދާލައިފިއެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހުން ބުނީ އެތަނުގައި އަލިފާން ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި ބައެއް ގޮނޑިތައް އެއްކޮށް އަނދާ ހުލިވެފައިވާއިރު އެ މާލަމް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ.
މަޑަވެލި އެމްޑީޕީ ގޮފިން އެ މާލަމް ތައްޔާރު ކުރީ އެ ރަށުގެ ސްކޫލާއި ކައިރި މަގެއް ހިޔާކޮށްގެންނެވެ.
ކެމްޕޭނުގައި މިވަގުތު ދ އަތޮޅުގައި ހުންނެވި ރައީސް ސޯލިހް މިއަދު މަޑަވެއްޔަށް ދާން އޮތީ ނުވައެއްޖަހާ އެހާކަންހާއިރުގައެވެ.
މަޑަވެލި އެމްޑީޕީން ބުނެފައިވާގޮތުގައި ބަޔަކު ބަޔަކު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތަން އަންދައި ގެއްލުންދީފައިވާތީ، ބައްދަލުވުން ޖެޓީ ސަރަޙައްދަށް ބަދަލުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް