ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ސްޓެލްކޯގެ ޓަވަރުތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަން ފޯރުކޮށްދީފި އެވެ.
އެފްޓީޓީއެޗް ކަނެކްޝަން އަކީ އެޕާޓްމެންޓް ހުންނަ އިމާރާތްތަކަށް ނުވަތަ އެނޫން ވެސް މީހުން ދިރިއުޅޭ ތަންތަނަށް ބޭނުންވާ ކޭބަލް ޓީވީ އަދި އިންޓަނެޓް ފަދަ ހިދުމަތްތައް ދިނުމުގެ ގޮތުން އަޅާ އޮޕްޓިކަލް ފައިބަ ކަނެކްޝަނެކެވެ.
މި ހިދުމަތް ދެނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެ ކުންފުނިން ބުނީ މިއީ ހުޅުމާލޭގައި ތަރައްގީ ކުރާ އޯޕަން އެކްސެސް ނެޓްވޯކާއި ފައިބަ ކަނެކްޝަންތައް ފުޅާކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރެއިން ހިމެނޭކަމެއް ކަމަށެވެ.
ހިޔާ ފްލެޓްގައި ދިރިއުޅެމުން އަންނަ މީހުން އިންޓަނެޓާއި ކޭބަލް ޓީވީ ހިދުމަތް ހޯދަން ބޭނުންކުރަނީ އެ ކުންފުނީގެ އެފްޓީޓީއެޗް ކަނެކްޝަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް