އަލަމްގީރާއި ގުޅުން ހިންގި މައްސަލައިގަ 18 ފިރިހެނުންގެ ޕާސްޕޯޓު ހިފަހައްޓައިފި

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހުންގެ ޕާސްޕޯޓު ހިފެހެއްޓީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއި އެކ...

08 Aug 2022 | 13:27

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގަ18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެމީހުންގެ ޕާސްޕޯޓު ހިފެހެއްޓީ ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގަ ކަމަށެވެ.

މީގެ ތެރެއިން ގިނަ މީހުންގެ ޕާސްޕޯޓް ހިފެހެއްޓީ ވީޑިއޯ ދެނެގަނެ ތަހުގީގު ހިންގާއިރު، ރާއްޖެ އިން ބޭރަށް ފުރައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެ އެވެ. މިހާ ގިނަ ބައެއްގެ ޕާސްޕޯޓު ހިފެހެއްޓީ މި މައްސަލައިގެ ތުހުމަތުގައި މިބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓިފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގީރް ކައިރިއަށް ގުޅުން ހިންގަން ދިޔަ މީހުންގެ ތެރޭގައި ބިދޭސީންނާއި ދިވެހިންނެވެ. އޭގެ ތެރޭގައި ވަކިންނާއި ގްރޫޕު ހަދައިގެން ދިޔަ މީހުންވެސް ހިމެނެ އެވެ.

އަލަމްބީރުގެ މައްސަލަ ފަޅާ އެރީ ވަކީލު ނާޒިމް ސައްތާރުގެ ވީޑިއޯ ލީކު ކޮށްލި ހިސާބުންނެވެ. މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ އޭގެ ފަހުން ގިނަ ބައެއް އަލަމްގީރުގެ ލިވާތު ކޮޓަރިއަށް ގެންދިޔަ މައްސަލަ އާއި ގުޅިގެން ހުށަހެޅުނު ބްލެކްމެއިލް ކުރުމުގެ މައްސަލައެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް