ނުވަހާހަށް ވުރެ ގިނަ ޑޯޒު ވެކްސިން އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްގެ 99450 ވެކްސިން ކަމަށެވެ.
އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ވެސް ހިމެނެއެވެ.
އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަރނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތު ވެސް ފޯރުކޮށް ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް