ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބި...

08 Aug 2022 | 09:49

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފަށަން ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މަސައްކަތް ފެށުމަށް ތައްޔާރުވުމަށް އިއްޔެ ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާނެ އެވެ. އަދި240 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލާނެ އެވެ.

މީގެ އިތުރުން6،600 ކިއުބިކް މީޓަރުގުެ ވެރލި ގޮނޑުދޮށަށް އަޅާނެ އެވެ.

ރަތަފަންދޫއަކީ1،385 މީހުންގެ އާބާދީއެއް އޮންނަ ރަށެވެ. ހުޅަނގު މޫސުމުގައި ރަށް ގިރުމާއި ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި އުދަ އެރުމުގެ މައްސަލައަކީ އެތައް އަހަރެއްވެފައިވާ މައްސަލަތަކެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަތަފަންދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށްދިނުމެވެ.

މި މަޝްރޫއުއަކީ27،8 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެވ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް