މުހައްމަދު އިސްމާއިލް ބަނދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފި

ބައިނަލްއަގުވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ބަނދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ. އެ މައްސަލަ އިސްތި...

08 Aug 2022 | 08:14

ބައިނަލްއަގުވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މުހައްމަދު އިސްމާއިލް ބަނދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމީ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ފުލުހުން ވެސް ހުށަހަޅާފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، ފުލުހުން މުހައްމަދު އިސްމާއިލް ހައްޔަރުކޮށްފައިވަނީ އެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ރާވާ ހިންގުމުގައި އިސްކޮށް އުޅުނު މީހެއް ކަމަށް ތުހުމަތުކޮށެވެ.

ޕީޕީއެމްގެ ހަރަކާތް ޑިޕާޓްމަންޓްގެ ޗެއަރ ކަންވެސް ކުރައްވާ މުހައްމަދު އިސްމާއިލް ދޫކޮށްލައިފާވަނީ 45 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް