ސަލްމާންގެ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ން ޝެހެނާޒް ބޭރު ކުރި ވާހަކައިގެ ހަގީގަތް!

އިންޑިއާގެ ޓީވީ ތަރި ޝެހެނާޒް ގިލް ބޮލީވުޑަށް ނުކުންނާނެ ފިލްމު ކަމަށްވާ "ކަބީ އީދު ކަބީ ދިވާލީ" އިން އޭނާ ބޭރު ކުރިކަމަށްބުނާ ވާހަކައިގެ ހަގީގަތް ގާތް މީހަކު ސާފުކޮށްދީފި އެވެ. އެ ފިލްމުން އޭނާއަށް ޖ...

08 Aug 2022 | 08:03

އިންޑިއާގެ ޓީވީ ތަރި ޝެހެނާޒް ގިލް ބޮލީވުޑަށް ނުކުންނާނެ ފިލްމު ކަމަށްވާ "ކަބީ އީދު ކަބީ ދިވާލީ" އިން އޭނާ ބޭރު ކުރިކަމަށްބުނާ ވާހަކައިގެ ހަގީގަތް ގާތް މީހަކު ސާފުކޮށްދީފި އެވެ.

އެ ފިލްމުން އޭނާއަށް ޖާގަ ދިނީ "ބިގް ބޮސް 13" ހުށަހަޅައި ދިނުމަށް ސަލްމާން ހާނާއި އެކު މަސައްކަތް ކުރިއިރު އުފެދުނު ގާތް ކަމަކުންނެވެ. އެ ޝޯގައި ސަލްމާނާއި އެކު ބައިވެރިވެ ދެއްކި ހުނަރަށް ޝެހެނާޒަށް ވަރަށް ތައުރީފު އޮހުނެވެ.

މިފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ސަލްމާން ހާންގެ އެ ފިލްމުން ޝެހެނާޒް ވަނީ ބޭރުކޮށްލާފަ އެވެ. އެކަމަކު ބޭރު ކުރަން ޖެހުނު ސަބަބެއް ނޭނގޭ ކަމަށް އެމީހަކު މީޑިއާގައި ބުނެފައިވެ އެވެ.

އެކަމަކު މިފަހުން ޝެހެނާޒް އިންސްޓަގްރާމުން ސަލްމާން ފޮލޯ ކުރުން ހުއްޓާލައި "ބާއީ" ކިޔުންވެސް ހުއްޓާލާފައިވާ ކަމަށްވެ އެވެ.

އެކަމަކު އެ ވާހަކަތައް އެ ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު ވަނީ ދޮގުކޮށްފަ އެވެ. އެމީހާ ބުނީ ޝެހެނާޒަކީ އަދިވެސް އެ ޓީމުގެ މެމްބަރެއް ކަމަށާއި ފިލްމު އުފައްދާ ފަރާތާއި ސަލްމާނާއި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސަލްމާންގެ "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން "ބައިޖާން" އަށް ވަނީ ބަދަލު ކޮށްފަ އެވެ. އެކަމަކު ފިލްމުގެ ޓީމުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ.

ޝެހެނާޒް މިވަގުތު ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ޕަންޖާބު ފިލްމުތަކެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް