ގްރޫޕް ހަދައިގެން އަލަމަގިރިއަށް އެރި މުދިމަކުވެސް ސަސްޕެންޑު ކޮށްފި

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު، ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި މުދިމަކުވެސް ސަސްޕެންޑު ކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މުދިމުކަމު...

08 Aug 2022 | 07:29

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު، ގްރޫޕް ހަދައިގެން އެއް ޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި މުދިމަކުވެސް ސަސްޕެންޑު ކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މުދިމުކަމުން ސަސްޕެންޑުކޮށްފައިވަނީ އަހްމަދު ރަޝީދު ކިޔާ މުދިމެކެވެ. އެ މުދިމު މީގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފުރަަތަމަ ހުޅުވި މިސްކިތުގައި އިމާމުކަންކުރިކަން އެނގިފައިވެއެވެ.

މިކަމުގައި އިސްލާމިކް މިނިސްޓްރީގެ ރަސްމީ ކޮމެންޓެއް އަދި ލިބިފައެއްނުވެއެވެ. ނަމަވެސް ދުވަހަށް އެނގިފައިވާގޮތުގައި އޭނާ ސަސްޕެންޑު ކުރީ ފުލުހުން ވީޑިއޯ އެނަލައިޒްކޮށް އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގުމުންނެވެ.

މި މައްސަލައިގާ މުދިމަކު ހައްޔަރުކޮށްފައިވާއިރު ގުރުއާނާބެހޭ މަރުކަޒުގެ މުސީރުވެސް އަލަމްގިރިއަށް އެރިކަމުގެ ތުހުމަތު މިހާރު ވަނީ ކުރެވިފައެވެ. އޭނާވެސް މަގާމުން ވަކިކޮށްފައިވާއިރު ގައުމަކު ނެތްކަން ދުވަހަށް ވަނީ އެނގިފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުންހިންގި މައްސަލައިގާ ތުހުމަތު ކުުރެވޭ މީހުންނާއި ހައްޔަރު ކުރެވޭ މީހުންންނާއި މަގާމުން ވަކި ކުރެވޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް