އަލަމްގިރިއާ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ އެމްޑީޕީ ރާއްޕެ ގައުމަކު ނެތް

ބަންގްލްދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކކަމުގެ ތުހުމަތު ކުރެވޭ އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) މިހާރު ގައުމަކު ނެތްކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއ...

08 Aug 2022 | 07:16

ބަންގްލްދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކކަމުގެ ތުހުމަތު ކުރެވޭ އިބްރާހިމް ރާފިއު (އެމްޑީޕީ ރާއްޕެ) މިހާރު ގައުމަކު ނެތްކަމުގެ މައުލޫމާތު ދުވަހަށް ލިބިއްޖެއެވެ.

އަލަމްގީރާއެކު އެމްޑީޕީ ރާއްޕެ ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާއިރު އޭނާ ހުރި މަގާމުކަމުގައިވާ، ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުސީރު ކަމުން އޭނާ ވަނީ ވަކިކޮށްފައެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީ ރާއްޕެ ވަނީ މީގެ ދެ ދުވަސް ކުރިން ގައުމު ދޫކޮށް ގޮސްފައެވެ. ނަމަވެސް ދިޔައީ ކޮން ގައުމަކަށް ކަން ޔަގީނެއް ނުކުރެވެއެވެ. މިކަމުގައި ފުލުހުންގެ ރަސްމީ ކޮމެންޓެއް އަދި ލިބިފައެއް ނުވެއެވެ.

އެމްޑީޕީ ރާއްޕެ ރާއްޖެ ދޫކޮށް ގޮސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ބައެއްގެ ޕާސްޕޯޓު ހިފަހައްޓައި ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް