މިއަހަރުގެ މިހައިތަނަށް 391 މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

މިއަހަރުގެ މިހައިތަނަށް 391 މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅަފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ. އެޗްއާރްސީއެމްގެ ތަފާސް ހިސާބުން ދައްކާގޮ...

08 Aug 2022 | 07:15

މިއަހަރުގެ މިހައިތަނަށް 391 މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅަފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

އެޗްއާރްސީއެމްގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް 361 މައްސަލަ ވަނީ ބަލާ ނިންމާފައެވެ.

އެޗްއާރުސީއެމުން އާންމުކުރި ތަފާސް ހިސާބުން ދައްކާގޮތުގައި 391 މައްސަލަ އެއް ހުށަހަޅާފައިވާއިރު، ކުރިން ހުރި މައްސަލަތަކާ އެކު 577 މައްސަލައެއް މިހާރުވެސް ދަނީ ބަލަމުންނެވެ. މީގެތެރެއިން 35 މައްސަލައެއް އޮތީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ކަމަށާއި ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތް ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އެ އިދާރާއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ވަކި ގާނޫނުތަކުގެ މައްސަލަތަކަށް ބަލާއިރު، އެންޓި-ޓޯޗަރ ގާނޫނު 2013 ގެ ދަށުން މިއަހަރު ޖުލައި މަހުގެ ނިޔަލަށް 51 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު 52 މައްސަލައެއް ބަލަމުން ދާއިރު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި 35 މައްސަލައެއް އަދި ކޯޓު މަރުހަލާގައި ދެ މައްސަލައެއް އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެންނަމަވެސް މި މައްސަލަތަކުގެ ތަފްސީލެއް އެޗްއާރުސީއެމަކުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް