ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިއަކުވެސް އަލަމްގީރު ކައިރިއަށް ދިޔަ ކަމުގެ ތުހުމަތު!

ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތާއި އެކު ވަޒީފާއިން ވަކިކޮށްފި އެވެ. އޭނާ ...

08 Aug 2022 | 06:35

ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތާއި އެކު ވަޒީފާއިން ވަކިކޮށްފި އެވެ.

އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ ސިޔާސީ މަގާމެއްގެ ގޮތުގައި ރައީސް އައްޔަން ކުރައްވާފައި ހުންނަވާ ބޭފުޅެއްގެ ގޮތުގައި އެވެ. ރާފިއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރަނީ މަޝްހޫރު ބަންގްލަދޭޝްގެ އަލަމްގީރާއި އެކު އެވެ.

އޭނާ އަކީ އެމްޑީޕީއަށް ނިސްބަތްވާ އެމްޑީގެ ޖަލްސާތަކުގައި އާންމުކޮށް ޤުރުއާން ކިޔަވާ ހަދާ ބޭފުޅެކެވެ. ސަރުކާރުގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އަލަމްގީރާއެކު ކޮޓަރިން ފެންނަ އެކަކީ ރާފިއު ކަން ފުލުހުންގެ ފޮރެންސިކަށް ކަށަވަރުވެ، އެ މައްސަލަ ބަލާކަން ފުލުހުން އިސްލާމިކް މިނިސްޓްރީ އަށް އެންގުމާ ގުޅިގެން އޭނާ މަގާމުން ވަކި ކުރީ ކަމަށެވެ.

ރާފިއުގެ ވީޑިއޯ އާންމު ކުރީ މިއަދު އެވެ.

މަޝްހޫރު ލިވާތު ކޮޓަރީގައި އޭނާއާއެކު އަލަމްގީރު ހުންނަ ވީޑިއޯ އާންމުވި ނަމަވެސް އެ ދެ މީހުން އެއްޖިންސުން ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ. ބެލެވޭ ގޮތުގައި އެ ވީޑިއޯގެ ވަކި ބައެއް ވަނީ ކަނޑާލައިފަ އެވެ. ވީޑިއޯ އިން ފެންނަނީ ރާފިއު ކަމަށް ބެލެވޭ މީހާ އާއި އަލަމްގީރު ބައްދާލާ މަންޒަރެވެ.

އަލަމްގީރު ކައިރިއަށް ދިޔަ މީހުންގެ އަދަދު250 އަށް އަރާކަމަށްވެ އެވެ. އޭގެ ތެރޭގައި ޓީޗަރުން، ކަސްޓަމްސް އޮފިސަރުން، ސިފައިން އަދި ފުލުހުންނާއި ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް