ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ އާއިލާއަކީ ކެއުމައިގެން މޮޔަވެފައި ތިބޭ ބައެއް ކަމަށް އޭނާ ބުނެފި އެވެ.
އޭނާގެ މައިންބަފައިންނަކީ ސުނިލް ދަތާއި ނަރްގިސް ދަތެވެ. ސަންޖޭ ބުނީ މަންމަގެ އިތުރުން ބައްޕައަކީ ވަރަށް މޮޅަށް ކައްކާ މީހެއް ކަމަށެވެ. ސަންޖޭ ދަތުގެ އުމުރުން އެންމެ 21 އަހަރުގައި މަންމަ މަރުވެފައި ވީނަމަވެސް އަދިވެސް މަންމަ އަތުން ކައްކާފައި ކާން ދިން އެއްޗެހީގެ ރަހަ އެނގޭ ކަމަށް އޭނާ ބުންޏެވެ.
ނަރްގިސް މަރުވީ ކެންސަރު ޖެހިގެން 1981 ވަނަ އަހަރު އެވެ.
އޭގެ ފަހުން ބައްޕަވެސް މީރު ކެއުންތައް ތައްޔާޜުކޮށްދޭކަން ފާހަގަކޮށް ސަންޖޭ ބުނީ ބައްޕަ އެންމެ މީރުކޮށް ހަދަނީ އިންޑިއާ ކެއުމެއް ކަމަށްވާ މަޓްކާ ޖޮސްޓް ކަމަށެވެ.
ކެއުމަށް އާއިލާގެ ހުންނަ ފޯރި ބުނެދެމުން ސަންޖޭ ބުނީ އޭނާގެ އަންހެނުން މާނަޔަތް ދަތަކީވެސް މޮޅު ކައްކާއެއް ކަމަށެވެ. ބައްޕަ އާއި މަންމައާއި ހިލާފަށް އަންހެނުން ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ކެއުން ތައްޔާރު ކުރަން މޮޅު ކަމަށް ބުންޏެވެ.
އާއިލާ މެމްބަރުންގެ މެދުގައި އޮންނަ ކެއުމުގެ ފޯރި ދަރިފަކޮޅަށް ދެމިގެންދާ ކަމަށް އޭނާ ގަބޫލު ކުރެ އެވެ. އެގޮތުން މިހާރު އޭނާގެ ދެ ދަރިން ކަމަށްވާ އިގްރާ ދަތާއި ޝަހްރާން ދަތުވެސް ކެއުމައިގެން އެހާ ވަރު ހުންނަ ކަމަށް ބުންޏެވެ.
ސަންޖޭ ބުނީ ކިތަންމެ ކާއެއްޗިއްސަށް ދަހިވެގެން ކެޔަސް އަބަދުވެސް ޑައިޓު ކުރާ ކަމަށެވެ. ކެއުން އަބަދުވެސް ގެންގުޅެނީ ޑައިޓާއި އެއްގޮތަށް ކަމަށް ބުންޏެވެ.
ސަންޖޭގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ރިލީޒްވީ ފިލްމު "ޝަމްޝޭރާ" އެވެ. އެ ފިލްމު ވަނީ ގާތްގަނޑަކަށް ފްލޮޕްވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް