އުރީދޫ އަތޮޅު ދުވުމުގެ ދުވުން ފުރިހަމަ ކުރުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.
ސްކޫލް ބަންދައި މޫސުމީ ހާލަތާއި ގުޅިގެން ދުވުން ފުރިހަމަ ކުރުމަށް ވަގުތު އިތުރުކުރުމަށް ގިނަ ދުވުންތެރިން އެދިފައިވުމާއެކު 14 އޯގަސްޓްގެ ނިޔަލަށް މިހަރުވަނީ އަތޮޅު ދުވުމުގެ ވަގުތު އިތުރު ކޮށްފަ އެވެ.
ދުވުމުގައި ބައިވެރިވާ ފަރާތްތަކުން 5 ކިލޯމީޓަރު އަދި 10 ކިލޯމީޓަރ ގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕަރ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކޮށް، ނިންމާފައިވާ ރަން ރޫޓްގެ ސްކީންޝޮޓް، ކޮންފަރމޭޝަން މެސެޖާއިއެކު ލިބުނު ލިންކަށް އަޕްލޯޑް ކުރުމުން ޑިޖިޓަލް މެޑަލެއް ލިބިވަޑައިގަންނަވާނެ އެވެ.
ދުވުން ފުރިހަމަ ކުރާ ފަރާތްތަކުން "ރަން މޯމެންޓްސް" އަދި ޑިޖިޓަލް މެޑަލް ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރގައި ޝެއަރ ކޮށްގެން އިނާމް ހޯދުމުގެ ފުރުސަތުވެސްވަނީ 14 އޯގަސްޓް ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ޝެއަރ ކުރައްވާއިރު އުރީދޫ މޯލްޑިވްސްގެ އެކައުންޓް ޓެގް ކޮށް #OoredooAtholhuDhuvun ހޭޝްޓެގް ބެނުންކުރަންވާނެއެވެ. ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމްތަކުގެ ތެރެއިން:
ރަން މޯމަންޓްސް ޝެއަރ ކުރައްވާފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް.
- މަމަކް ރެސްޓަޯރެންޓްއިން ދެ މީހަކަށް ކެއުން
- ލަ ވެރާ ޕިޒޭރިއާ އިން ދެމީހަކަށް ޕިއްޒާ
ޑިޖިޓަލް މެޑަލް ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ލިބޭ އިނާމުތައް
- ލި ޕާފިއުމްގެ ފަރާތުން ގިފްޓް ޕެކެއް
- ޕިއްޒާ ކިޗަންއިން ޕއްޒާ އެއް
މީގެ އިތުރުން ދުވުން ފުރިހަމަކޮށް ޑިޖިޓަލް މެޑަލް ލިބުމުން ފިސިކަލް މެޑަލް ބޭނުންވާ ފަރާތްތަކަށް ކުޑަ އަގަކާއެކު މޫލީ މެދުވެރިކޮށް އަޕްގްރޭޑްކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރިނަމަވެސް ހިލޭ ޑެލިވަރ ކޮށްލަދޭ ނެއެވެ.
އުރީދޫ އަތޮޅު ދުވުމަކީ އެކަނިވިޔަސް އަދި އާއިލާއާއި ރައްޓެހިންނާއެކުގައިވެސް، ގައިދުރުކަމާއިއެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިވެންޓެކެވެ.
މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ބައިވެރިވުމަށް ހުޅުވާލެވިފައިވާ މި ދުވުމަށް ޝައުގުވެރިވާ އެންމެހާ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން މަރުހަބާކިޔަ އެވެ.
މި ވަރޗުއަލް ދުވުމުގެ އިތުރު މަޢުލޫމާތު އުރީދޫ ވެބްސައިޓުން އަދި އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޕޭޖްތަކުން ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް