އާޝޫރާ ދުވަހު ރޯދަހިފުމަކީ ރަސޫލާ ގެ އަމުރުފުޅެއް! ދޫކޮށް ނުލައްވަވާ!

އާޝޫރާ ދުވަހު މުސްލިމުން ރޯދަ ހިފަނީ އެކަން ކުރުމަށް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. އަދި އެދުވަހު ރޯދަ ހިއްޕެވުމަށް ޞަހާބީންނަށް އަމުރުފުޅު ކުރައްވަވާފައިވާތީއެ...

08 Aug 2021 | 17:21

އާޝޫރާ ދުވަހު މުސްލިމުން ރޯދަ ހިފަނީ އެކަން ކުރުމަށް އިތުރު މާތް ނަބިއްޔާ މުޙައްމަދު (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ. އަދި އެދުވަހު ރޯދަ ހިއްޕެވުމަށް ޞަހާބީންނަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. އެދުވަހު ރޯދަ ހިފުމަކީ އިސްވެ ދިއަ އަހަރު ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވާނެ އަމަލެއްކަމަށް އުންމީދުކުރެއްވޭ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާތީއެވެ.

އާޝޫރާ ދުވަސް މުސްލިމުންނަށް މުޙިންމު ދުވަހަކަށްވެފައިވަނީ މޫސާގެފާނަށް ފިރުއައުނުގެ މައްޗަށް ނަޞްރު ލިބިވަޑައިގަތް ދުވަސް ކަމަށްވާތީއެވެ.

ރަސޫލާ (ﷺ) މަދީނާއަށް ވަޑައިގެންނެވިއިރު ޔަހޫދީން މުޙައްރަމް މަހުގެ 10 ވަނަ ދުވަހު ރޯދަ ހިފައި އުޅުނެވެ. އެއީ ކީއްވެގެންތޯ ސުވާލުކުރެއްވެވުމުން ދެންނެވީ އެއީ ފިރުއައުނުގެ ނުބައިކަމުން މުސާގެފާނު މިނިވަންކޮށްދެއްވެވި ދުވަސް ވީމާ އުފާކުރަން ކުރާ ކަމެއް ކަމަށެވެ. އެ ޖަވާބާއި ގުޅިގެން ޙަދީޘްފުޅު ކުރެއްވެވީ ތިމަންމެން އެކަމާ އުފާކުރުން މާއައުލާކަން ބޮޑު ކަމަށެވެ. އަދި އެދުވަހު ރޯދަ ހިއްޕަވައި އަދި ޞަޙާބީންނަށް އެކަމަށް އަމުރުފުޅުވެސް ކުރެއްވެވިއެވެ. އަދި ޔަހޫދީންނާއި ޚިލާފުވުމުގެ ގޮތުން 10 ވަނަ ދުވަހާއި ގުޅުވައިގެން ކުރިއަށް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވެވިއެވެ."-

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މަޢުލޫމާތު: މިއަދުޑެއިލީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް