ރާއްޖެއިން މިއަދު ވެސް 113 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން މިއަދު ވެސް 113 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ. އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި އ...

08 Aug 2021 | 17:17

ރާއްޖެއިން މިއަދު ވެސް 113 މީހުން ކޯވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި 24 ގަޑީރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 71 މީހުން ކަމަށެވެ. އަދި ރިސޯޓްތަކުން 23 މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެ އެވެ.

ފާއިތުވި 24 ގަޑި އިރު، 5،664 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ ޢަދަދަކީ 2،577 އެވެ.

ހޮސްޕިޓަލުގައި 22 މީހުން އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ އިރު، 222 މީހުން ވަނީ ކޮވިޑު ޖެހިގެން މަރުވެފަ އެވެ.

މިއާއެކު 78،356 މީހުންނަށް ރާއްޖެއިން ކޮވިޑު ޖެހިފައިވާ އިރު، 75،545 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް