މިރޭ 6 ގަޑިއިރަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ޚިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެެވެ.
އެ ކުންފުނިން ބުނީ މިރޭ 11:00 އިން ފަތިހު 5:00 އަށް ފެނުގެ ޚިދުމަތް މެދުކެނޑޭނީ ހަނދުވަރީ ހިނގުމާއި ޝާއިއު ވަރުދީ މަގާ ދެމެދުން މުނިޔާ މަގުގައި ހިމެނޭ ގޭބިސީތަކުން ނެވެ.
މިއީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ މުނިޔާ މަގުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލުން އަޅާފައިވާ ފެން ހޮޅި ގުޅުވައިލުމުގެ މަސައްކަތް ކުރުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ޚިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިޔުއެސްސީން ވަނީ މަޢާފަށް އެދިފަ އެވެ.
https://twitter.com/MWSC_Official/status/1424364382138486789
ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓުގެ ބައެއް މަސައްކަތްތައް ކުރުމަށް މީގެ ކުރިންވެސް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލައިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް