ލޮޓަސްއިން ވިއްކާ ސައިބޯންޏެއްގެ އާ އިޝްތިހާރެއް، މިއީ ޖާބިރަށް ޖޯކު ޖެހުމެއް ނޫން!

މަޝްހޫރު ލޮޓަސް ފިހާރައިން އާންމު ކުރި އެމީހުންގެ އެންމެ ފަހުގެ އިޝްތިހާރާއި އެކު އާންމުން ހެއްވާލައިފި އެވެ. މިއަދު އެ ފިހާރައިގެ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމު ކުރި ފޮޓޯގައި ފެންނަނީ ރައްޔިތުން...

08 Aug 2021 | 14:48

މަޝްހޫރު ލޮޓަސް ފިހާރައިން އާންމު ކުރި އެމީހުންގެ އެންމެ ފަހުގެ އިޝްތިހާރާއި އެކު އާންމުން ހެއްވާލައިފި އެވެ.

މިއަދު އެ ފިހާރައިގެ ސޯޝަލް މީޑިއާ އެކައުންޓަކުން އާންމު ކުރި ފޮޓޯގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ގޭޓު ދޮރުމަތީގައި އޮށޯވެގެން އޮތް ބޮޑު ސައިބޯނި ފުޅިއެކެވެ. އެ ފުޅީގައި އަތާއި ފައިވެސް ހުއްޓެވެ.

ފޮޓޯ އާންމުކޮށް ލޮޓަސްއިން ބުނެފައިވަނީ " ޖަރާސީމަށް އެންޓަބެކްސް ވިދާޅުވީ ޔޫ އައުޓް" މިހެން ނެނެވެ.

މި ފޮޓޯ އާއި އެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ތަފާތު ޝުއޫރުތައް ދަނީ ފަޅު ކުރަމުންނެވެ. ގިނަ ބަޔަކަށް މި އިޝްތިހާރު މަޖާވެފައިވާއިރު ބައެއް މީހުން ވަނީ މި އިޝްތިހާރަކީ ވަކި މީހަކަށް ޖޯކު ޖެހުމުގެ ގޮތުން ކޮށްފައިވާ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަ ކޮށްފަ އެވެ.

ބައެއް މީހުން އެހެން ބުނެފައިވަނީ މިދިޔަ ހަފްތާގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުން އޭނާ ގޮސް މަޖިލީހުގެ ގޭޓު ކައިރީގައި އެގޮތަށް އޮށޯވެގެން އޮތް ފޮޓޯ އާއި ވީޑިއޯ އާންމުވެފައިވާތީ އެވެ. އެ ދުވަހު ޖާބިރު ވަނީ ވަރަށް ހުތުބަހުން މުހާތަބު ކުރައްވާ އަމިއްލައަށް އިހުތިޖާރު ކުރައްވާފަ އެވެ.

މި އިޝްތިހާރާއި ގުޅިގެން ލޮޓަސް ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާރިފު މީޑިއާގައި ވިދާޅުވީ މަޖިލިސް ގޭޓު ކައިރީ ޖާބިރުގެ އޮށޯވެގެން އޮތް މަންޒަރު ތަމްސީލުވީ، އެ އިޝްތިހާރު ކުރަން ލިބުނު ފުރުސަތެއް ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ އިޝްތިހާރު ހަދާނީ އަބަދު ވެސް ވައިރަލްވާ އެއްޗެހި ނަގައިގެން ކަމަށާއި އެ އިޝްތިހާރަކީ އެއްވެސް ގޮތަކަށް ޖާބިރަށް ޖަހާފައި އިން ޖޯކެއް ނޫން ކަމަށެވެ.

ޖާބިރު މަޖިލީސް ކައިރީ އިހުތިޖާޖު ކުރެއްވި މައްސަލައިގަ އޭނާއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް