ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ރާއްޖޭގެ ހަމައެކަނި ސައިންސްޓިސްޓު ޕްރޮފެސަރު ހަސަން އުގައިލް އިއުލާނު ކުރައްވައިފި އެވެ.
އުގައިން އޮންލައިން ނޫސް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އުގައިލް ވިދާޅުވީ ސިޔާސީ މަސައްކަތްތަކަށް ހުސްވުމަށް ރާއްޖެ ބަދަލުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ކަމަށާއި ރާއްޖޭގެ ސިޔާސީ މަޝްރަހަށް ރަނގަޅު ބަދަލުތަކެއް ބޭނުންވެފައިވާ ކަމަށެވެ.
އެކަމަކު ރައީސް ކަމަށް ވާދަ ކުރައްވާނީ ރައްޔިތުން އެކަމަށް އެދޭ ނަމަކަމަށް އޭނާ ވިދާޅުވި އެވެ.
އުގައިލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އިލްމީ ގާބިލް ބޭފުޅުން ނުކުންނަން ޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ކަންކަން ހަމަޔަކަށް އެޅޭނީ ފަސްބައި ސާފު، އިލްމީ ބަޔަކު ދާއިރާއަށް ނުކުމެގެން ކަމަށް ވިދާޅުވި އެވެ.
އުގައިލްގެ ވާހަކައިގަ ރައީސް ކަމަށް ވާދަ ކުރައްވަން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
އުގައިލަކީ ހިސާބު އިލްމުން ޕީއެޗް.ޑީ ހާސިލް ކުރެއްވި ފުރަތަ ދިވެހި ބޭފުޅާ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ބްރެޑްފަޑް ޔުނިވަސިޓީގެ ވިޝުއަލް ކޮމްޕިއުޓިން ސެންޓަރުގެ އެންމެ އިސްވެރިޔާ ވެސް މެ އެވެ. އުގައިލް ވަނީ އެ ޔުނިވަސިޓީގެ އެންމެ ޝަރަފުވެރި މަގާމު ކަމަށް ވާ އެކްސެލެންސް އިން ނޮލެޖް ޓްރާންސްފާ އެވޯޑް ވެސް ހާސިލް ކުރައްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް