ޝާހިދު ފޮޓޯއަށް ހުއްޓިލައިގެން ހުރި ގޮތުން މީރާއަށް ކާކުކަން އޮޅިއްޖެ!

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި ހުރި ގޮތް ތަފާތު ކަމުން އަންހެނުން މީރާ ރާޖްޕުޓް ކަޕޫރަށް ކާކުކަން އޮޅިއްޖެ އެވެ. ޝާހިދު އިންސްޓަގްރާމް ކޮށްފައިވަނީ ކަޅުކުލައިގެ ކޮނ...

08 Aug 2021 | 08:55

ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރު އިންސްޓަގްރާމް ކުރި ފޮޓޯއެއްގައި ހުރި ގޮތް ތަފާތު ކަމުން އަންހެނުން މީރާ ރާޖްޕުޓް ކަޕޫރަށް ކާކުކަން އޮޅިއްޖެ އެވެ.

ޝާހިދު އިންސްޓަގްރާމް ކޮށްފައިވަނީ ކަޅުކުލައިގެ ކޮނޑުކެޑިއެއް ލައިގެން އެއް އަތުން ބޮލުގައި ހިފަހައްޓައިލައިގެން ހުރި ސެލްފީއެކެވެ. އެ ފޮޓޯ ހިއްސާ ކުރަމުން ބުނެފައިވަނީ ތިބާގެ އެތެރޭގެ އަލި ފަނޑު ކޮށްލެވޭ ފަދަ އަނދިރި ކަމެއް ނޯންނާނެ ކަމަށެވެ.

މި ފޮޓޯ ޝާހިދު ހިއްސާ ކުރުމުން އެންމެ ފުރަތަމަ ކޮމެންޓު ކުރި މީހުންގެ ތެރޭގައި މީރާ ހިމެނެ އެވެ. މީރާގެ ކޮމެންޓުގައި ލިޔެފައިވަނީ "ހައި ކައިލީ" އެވެ.

ޝާހިދުގެ އެ ފޮޓޯ އާއި މީރާގެ ކޮމެންޓަށް އެތައް ބަޔަކު ދަނީ ލައިކްދީ ޖަވާބު ދެމުންނެވެ. އެގޮތުން ޝާހިދުގެ ރީތިކަން އެ ފޮޓޯގައި ފެންނަވަރާއި ފިރިހެން ވަންތަކަން ފެނިގެންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ބައެއް ސަޕޯޓަރުންވަނީ ސީދާ މީރާގެ ކޮމެންޓަށް ޖަވާބު ދިނުމުގެ ގޮތުން ޝާހިދަކީ މީރާގެ މީހެއް ނޫން ކަމަށްވެސް ބުނެފަ އެވެ.

https://www.instagram.com/p/CSPKODpNNWH/

ކައިލީ އަކީ އެމެރިކާގެ މަޝްހޫރު މޮޑެލް އަދި ކިމް ކާޑޭޝަންގެ ކޮއްކޮ އެވެ.

މީރާ އެ ކޮމެންޓު ކުރީ ކައިލީ ޖެނާއާއި ދާދި އެއްވައްތަރަކަށް ޕޯސްކޮށްގެން ޝާހިދު މި ފޮޓޯ ނަގާފައި ވާތީއެވެ. އެކަމަށް ކޮމެންޓުކޮށްފައިވާ ގިނަ މީހހުންވެސް އެއްބަސްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް