ކުރީގެ ރައީސުލްޖުމްހޫރިޔްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގައި ދިން ނިރުބަވެރި ހަމަލާގެ މައްސަލައިގައި ނަޝީދުގެ ބަޔާނެއް ދެއްވަން އަދި ގޮތެއް ނުނިންމަވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކޮއްކޮ ނާޒިމް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.
މީޑިއާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދިން ހަމަލާގައި ބައިވެރިވި 4 މީހެއްގެ މައްޗަށް ދައުވާ އުފުލަން ނިންމިއިރު، ޝަރީއަތުގައި ދައުވާ ކުރިއަށް ގެންދަން ނަޝީދުގެ ބަޔާނެއް މުހިއްމު ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
ޝަމީމް އެ ގޮތަށް ވިދާޅުވުމުން ނަޝީދުގެ ފަރާތުން ޕީޖީއަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކަމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރަން އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ކޮއްކޮ ނާޒިމް ހަމަޖައްސަވާފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުގައި، ބަޔާން ދިނުމުގެ ކުރިން ތަހުގީގާ ގުޅުން ހުރި ބައެއް ލިޔެކިއުންތައް ބޭނުންވާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ޕީޖީއާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް