ިއިންޑިގޯއިން އިންޑިއާގެ ދެ މަންޒިލަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯއިން އެ ގައުމުގެ ދެ ސިޓީއަކުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ކުރަން ފަށަން ތައްޔާރުވެއްޖެ އެވެ. އެ އެއާލައިނުން ބުނީ ސީދާ ދަތުރުތައް ފެށުމަށ...

08 Aug 2021 | 07:44

އިންޑިއާގެ އެއާލައިނެއް ކަމަށްވާ އިންޑިގޯއިން އެ ގައުމުގެ ދެ ސިޓީއަކުން ވެލާނާ އިންޓަނެޝަނަލް އެއާޕޯޓަށް ސީދާ ދަތުރުތައް ކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިނުން ބުނީ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ޗެންނާއީ އާއި ހައިދަރްއާބާދުން ކަމަށެވެ. އޭގެ ތެރެއިން ޗެންނާއީއަށް މިމަހުގެ 21 ވަނަ ދުވަހު ދަތުރުތައް ފަށާއިރު ހައިދަރްއާބާދަށް ފަށަން ނިންމާފައިވަނީ 22 ވަނަ ދުވަހު އެވެ.

މާލެ އާއި ޗެންނާއީއާ ދެމެދު ހަފުތާއަކު ދެ ފްލައިޓް ބާއްވަން އިންޑިގޯއިން ތާވަލު ކޮށްފައިވެ އެވެ. އަދި ހައިދަރައާބާދަށް ހަފުތާއަކު ތިން ދަތުރު ކުރުމަށް އިންޑިގޯއިން ނިންމާފައިވެ އެވެ.

އިންޑިގޯ އިން ނޮންމާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ދެ މަންޒިލަށް ހަފްތާއަކު ކުރާ ދަތުރުތައް އިތުރު ކުރާނެ އެވެ.

ޗެންނާއީ އާއި ހައިދަރްއާބާދަށް އިންޑިގޯގެ ދަތުރުތައް ކުރަން ފެށުމުން އެއެއާލައިން ވަނީ ރާއްޖެއަށް އިންޑިއާގެ އެންމެ ގިނަ މަންޒިލްތަކުން ދަތުރު ކުރާ އެއާލައިނަށެވެ. މިހާރު އެ އެއާލައިނުން ދަތުރު ކުރާ މަންޒިންތަކަކީ ދިއްލީ، މުމްބާއީ، ބެންގަލޫރޫ އަދި ކޮޗިން އެވެ.

އިންޑިގޯގެ އިތުން އިންޑިއާގެ އެއާލައިންތައް ކަމަށްވާ އެއާ އިންޑިއާ، އިންޑިއަން އެއާލައިންސް، ސްޕައިސް ޖެޓް ފަދަ އެއާލައިންތަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް