އުމުރާގެ އަޅުކަމަށް މަހަކު ދެ މިލިއަން މީހުންނަށް ސައުދީއަށް އެތެރެވޭވޭނެ

ކޯވިޑް-19އާ ގުޅިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން މިހާތަނަށް ކަނޑައަޅާފައިވާ ކޮންޓްރޯލް އަދަދު ބާތިލުކޮށް، މަހަކު 2 މިލިއަން މީހުންނަށް އުމްރާއަށް އެތެރެވުމުގެ ފުރުސަތު އެޤައުމުން ހުޅުވާލ...

08 Aug 2021 | 07:02

ކޯވިޑް-19އާ ގުޅިގެން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއިން މިހާތަނަށް ކަނޑައަޅާފައިވާ ކޮންޓްރޯލް އަދަދު ބާތިލުކޮށް، މަހަކު 2 މިލިއަން މީހުންނަށް އުމްރާއަށް އެތެރެވުމުގެ ފުރުސަތު އެޤައުމުން ހުޅުވާލާފިއެވެ.

ރޯގާއާ ގުޅިގެން މިދިޔަ އަހަރުން ފެށިގެން ސައުދީއަށް އުމްރާއަށް އެތެރެވެވޭ މީހުންގެ އަދަދު އޮތީ ކޮންޓްރޯލްކޮށްފައެވެ.

އަދި މިދިޔަ ދެ އަހަރު ޙައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންދިޔައީ ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެވިޔަ ނުދީ ހަމައެކަނި އެޤައުމުގައި އުޅޭ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

އިސްލާމީ އަައު އަހަރާއި ދިމާކޮށް މަދާމާއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އުމްރާވެރިންނަށް އެ ޤައުމުގެ ބޯޑަރުތައް ސައުދީން ވަނީ ހުޅުވާލަން ނިންމާފައެވެ. މިއާއި އެކު މިހާތަނަށް ހަރަމަށް މީހުން ވެއްދުމުގައި ގެންގުޅެމުން އައި ކޮންޓްރޯލްވެސް މިވަނީ ނިމުމަކަށް ގެނެސްފައެވެ.

ސައުދީ ސަރުކާރުން ބުނީ މާދަމާއިން ފެށިގެން މަހަކު 2 މިލިއަން މީހުންނަށް އުމްރާގެ އަޅުކަމަށް އެޤައުމަށް އެތެރެވެވޭނެކަމަށެވެ. އަދި ސައުދީ ރައްޔިތުންގެ ތެރެއިން އުމްރާކުރަން އެދޭ މީހުންގެ އަދަދުވެސް ދުވާލަކު 60،000 ވަނީ އިތުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް