އަހަރުގެ މިހާތަނަށް 639،446 ފަތުރުވެރިން ރާއްޖެ އައިސްފި

އަހަރުގެ މިހާތަނަށް 639،446 ފަތުރުވެރިން ރާއްޖެ އައިސްފި އެވެ. ޓޫޜިޒަމް މިނިސްޓްރީން ބުނީ އެ އަދަދާއި އެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް އަރައިފި ކަމަށެވެ....

08 Aug 2021 | 06:49

އަހަރުގެ މިހާތަނަށް 639،446 ފަތުރުވެރިން ރާއްޖެ އައިސްފި އެވެ.

ޓޫޜިޒަމް މިނިސްޓްރީން ބުނީ އެ އަދަދާއި އެކު ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 4000 އިން މައްޗަށް އަރައިފި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު،  އޮގަސްޓް މަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

އެގޮތުން އޮގަސްޓް މަހުގެ ފުރަތަމަ 6 ދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 4513 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 27،079 ފަތުރުވެރިން ވަނީ އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 1380 ފަތުރުވެރިންނެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް