ކޯވިޑް-19 އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 282،653 އަށް އަރައިފިއެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ އަތޮޅުތަކުން 374 މީހުން ޖަހައިފައި ވާއިވެ އެވެ. އަދި ދެވަނަ ޑޯޒް ވަނީ އަތޮޅުތަކުން 363 މީހުން ޖަހައިފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 329،403 އަށް އަރައިފައެވެ.
ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ.
އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން އެސްޓްރަޒެނިކާ ވެކްސިނެވެ. މިވަގުތު ފައިޒާ ވެކްސިން ހުރީ ހުސްވެފަ އެވެ.
އިއްޔެ މާލޭގައި ވެކްސިން ޖަހާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް