ސީރިޔާގައި ހިނގާ ދާހިލީ ހަނގުރާމައަށް ގޮސް އުޅުނު ދިވެއްސަކު މަރާލައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ސީރިއާ އަދި އަރްމޭނިއާގެ ސިޔާސީ ހަބަރުތައް ކަވަރު ކުރުމުގައި އުޅޭ ކެވްރޮކް އަލްމަސިއަން ނަމަކަށް ނޫސްވެރިއެކެވެ.
އޭނާ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ސީރިޔާގެ އަސްކަރިއްޔާއިން ދިން ހަމަލާގައި މަރުވީ އަބޫ އަބްދުލް ރަހްމާން މަލްދީވީ ނަމަކަށް ކިޔާ ދިވެއްސެއް ކަމަށެވެ.
އެ މީހާއާ ބެހޭ އިތުރު މައުލޫމާތެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ. ހަމަލާދިން ސިފައިންގެ މީހެއްގެ ފޮޓޯއެއް އަލްމަސިއަންގެ ޓްވިޓްގައި ވަނީ ހިއްސާކޮށްފައެވެ.
ދިވެހި ނިރުބަވެރިޔާ މަރާލާފައިވަނީ ސްނައިޕަރަކުން ހަމަލާދީ ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް