މުޅި ރާއްޖެ ހުއްޓުވާލި ކޯވިޑް-19ގެ ބަލީގެ ނުރައްކާ ނެތް ކަމަށް ނިންމަން އަދި މާ އަވަސް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު ﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ރޭކުރެއްވި އެ ޓްވީޓެއްގައި މިނިސްޓަރު މައުސޫމް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ.
އިންތަކާއި މިންތަކާއި އެއްގޮތަށް ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވުމަށް ސަމާލުވެލެއްވުމަށް ނަސޭޙަތްތެރިވެ ވަޑައިގަތެވެ.
https://twitter.com/Mausoom_Maus/status/1424054214477500431
މިގޮތަށް ވިދާޅުވަމުން މިނިސްޓަރ ވިދާޅުވީ، އިއްޔެ ރާއްޖެއަށް ދަތުރު ކުރި މީހުންގެ ތެރެއިން ސައުތު އޭޝިއާގެ 9 ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.. މީގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ 6 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ މީހަކާއި، ސްރީލަންކާއަށް ނިސްބަތްވާ މީހެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސައުތް އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުމުގެ ހުއްދަ ދީފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ޤައުމުން މީގެ ކުރިން އޮތީ ފަތުރުވެރިން އައުން މަނާކޮށްފައެވެ.
މިގޮތަށް ކަންތައް ކޮށްފައިވަނީ، އެ ޤައުމުތަކުގައި ކޯވިޑް-19 ޑެލްޓާ ވޭރިއަންޓް ވަރަށް ބޮޑަށް ފަތުރުމާއި ގުޅިގެންނެވެ. ބޯޑަރު ބަންދު ކުރުމުގެ ކުރިން އެ ސަރަހައްދުގެ ޤައުމުތަކުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރިކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް