ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ގޮޔަށް ހުރިހާ ކަމެއް ނުވާނެ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ވިދާޅުވެއްޖެއެވެ.
އާދަމް މަނިކު މިހެން ވިދާޅުވީ ޓީވީ ޕްރޮގުރާމަކަށް އަރާވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވަމުން އާދަމް މަނިކު ވިދާޅުވީ ރާއްޖޭގައި އޮތީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާ މައްސަލައަކީ ވެރިންގެ އަމަލުތައް ކަމަށެވެ.
އާދަމް މަނިކު ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅުހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ. ރާއްޖެއަކީ ޑިމޮކްރަޓިކް ގައުމެއް ކަަމަށާ އެހެން ކަމުން އެންމެ ބޭފުޅަކު ބޭނުންވާހާ ގޮތަކަށް އެއްވެސް ކަމެއް ނުކުރެއްވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކަންކަން ރަނގަޅު ކުރައްވަން ބޭނުންފުޅުނަމަ ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ ސިޔާސީ ޕާޓީތައް ހަރުދަނާކޮށް ވެރިކަން ކުރަން އޮންްނަ އުސޫލުން އެކަން ހިންގެވުމުން ކަމަށެވެ.
މީގެ އިތުރުން އެއްވެެސް ސިޔާސީ ޕާޓީއަކީ އެންމެ މީހެއްގެ ވަށައިގެން އެނބުރޭ އެއްޗަަކަށް ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް