ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމުގެ އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލު ބޭނުންވެއްޖެ
ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައި ވަނިކޮށް މި ސަރުކާރުން އެ އެބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެޗްޑީސީ އާއި ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
ހުޅުމާލޭގައި އަޅަން ނިންމި 25 ބުރީގެ އޮފީސް އިމާރާތުގެ މަޝްރޫއުގެ އެއްބަސްވުން އުވާލާފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ އުފުލާފައި ވަނީ މެލޭޝިއާގެ ޑަބްލިއުޒެޑްއާރް އިންނެވެ.
ދައުވާގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން އެއްބަސްވުން ގާނޫނާއި ހިލާފަށް އުވާލުމުން 22.8 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގެ ނަގައި ދިނުމަށެވެ. އެއީ 352 މިލިއަން ދިވެހި ރުފިޔާއެވެ.
ޑަބްލިއުޒެޑްއާރް އިން މިމައްސަލަ ހުށަހަޅާފައި ވަނީ އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށެވެ.
މިމައްސަލައިގައި އެޗްޑީސީ އިން މެލޭޝިއާގެ ކުންފުންޏަށް 352 މިލިއަން ރުފިޔާ ހަތް ދުވަހުގެ ތެރޭގައި ދައްކަން މިދިޔަ އަހަރު އާބިޓްރޭޝަންގައި ދިވެހި ސަރުކާރުން އެއްބަސްވިއެވެ. ނަމަވެސް އެފައިސާ ދިވެހި ސަރުކާރުން ދައްކާފައެއް ނުވެއެވެ.
އޭރު އާބިޓްރޭޝަންގައި ދިވެހި ސަރުކާރުން ބުނީ މަޝްރޫއުއަށް ބަދަލުތަކެއް ގެނެސްގެން މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް