މިއަދުގެ ހިނގާލުމުގައި ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި

މިނިވަން ނޫހުގެ  ނޫސްވެރުޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރު ވުމާއި ގުޅިގެން ބޭއްވި ހިނގާލުމުގެ ތެރެއިން ހައްޔަރު ކުރި އެންމެ ދޫކޮށްލައިފި އެވެ. މިއަދުގެ ހިނގާލުމުގެ ތެރެއިން ނުވަ މީހަކު ހައްޔ...

08 Aug 2017 | 18:44

މިނިވަން ނޫހުގެ  ނޫސްވެރުޔާ އަހުމަދު ރިލްވާން ގެއްލުނުތާ ތިން އަހަރު ވުމާއި ގުޅިގެން ބޭއްވި ހިނގާލުމުގެ ތެރެއިން ހައްޔަރު ކުރި އެންމެ ދޫކޮށްލައިފި އެވެ.

މިއަދުގެ ހިނގާލުމުގެ ތެރެއިން ނުވަ މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހިމެނެ އެވެ.

ފުލުހުން ބުނީ އެމީހުން ހިނގާލުމުގެ ތެރެއިން ހައްޔަރުކޮށް ހިނގާލުން ރޫޅާލީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތަކަށް ވާތީ ކަމަށެވެ. އެ ހިނގާލުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވާއިރު ހިނގާލުމުގެ ބައިވެރިން ގެންގުޅުނު ޕޯސްޓަރުތަކާއި ބެނާތައްވެސް ފުލުހުން ގަދަކަމުން އަތުލި އެވެ.

އެ އެންމެން ދޫކޮށްލީ ބަޔާނެއް ނެގުމަށް ފަހު މިރޭ އަށެއް ޖެހިފަހުންނެވެ.

ރިލްވާން ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަ އެވެ. ރިލްވާން “ވަގަށް ނެގި” މައްސަލައިގެ ތަހުގީގު ހިންގި ނަމަވެސް ފުލުހުން އެކަމާ ބެހޭ މާ ބޮޑު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް