ލަތީފު އާއި އަމީތުގެ ގޮނޑީގެ މައްސަލަ މާދަމާއަށް ތާވަލު ކޮށްފި

މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދައިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓަށް ...

08 Aug 2017 | 07:12

މަޑުއްވަރީ ދައިރާގެ މެންބަރު މުހައްމަދު އަމީތު އާއި ދިއްދޫ ދައިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މާދަމާއަށް އެ ކޯޓުގެ ތާވަލު ކޮށްފި އެވެ.

ލަތީފުގެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ. އަމީތުގެ މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 1:15 އަށެވެ. އެ ދެބޭފުޅުންވެސް ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ އީސީގެ ނިންމުން ބާތިލް ކޮށްދިނުމަށެވެ. އަދި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން މެންބަރުކަމުގައި ދެމިތިބެވޭނެ ކަމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެ ދެ މެމްބަރުންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިންވެސް ވަނީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މައްސަލަ ބާތިލު ކޮށްދިނުމަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝަރީއަތްތައް މިއަދު ކުރިޔަށް އެބަ ދެ އެވެ.

ވައްޑޭ އާއި އަމީތު އަދި ސައުދު ތިއްބެވީ ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި މަޖިލީހަށް ވެންނެވި ކަމަށް ބުނެ 15 ދުވަހަށް ހައްޔަރުކޮށްފައި އެވެ.

މި މެންބަރުންގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށްވެސް އީސީން ވަނީ ކަނޑައަޅާފައި އެވެ. އެކަމަކު އެ ދެ މެންބަރުންގެ މައްސަލަ ސުޕްރީމް ކޯޓަށް އަދި ހުށަނާޅަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް