ވައި ގަދަވާނެ ކަމަށް ލަފާކޮށް ދެކުނުގެ ހަތަރު އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި

ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ގއ އާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން މެންދުރު 1:30 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތަކުގައި ވާރ...

08 Aug 2017 | 05:29

ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ގއ އާއި އައްޑޫ ސިޓީ އާއި ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ ހެނދުނު 10:30 ން މެންދުރު 1:30 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތަކުގައި ވާރޭވެހި ވައި ގަދަވާނެ ކަމަށެވެ. ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 45 މޭލު ބާރު މިނުގައި އެވެ.

އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ޔެލޯ އެލާޓު ނެރެފައިވާއިރު މެންދުރު 1:15 އާއި ހަމައަށް ފ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އޮތީ ވައިޓް އެލާޓުވެސް ނެރެފައި އެވެ.

ޔެލޯ އެލާޓު ނެރެނީ ދިމާވެދާނެ ހާދިސާއަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެނެ ކަމަށެވެ. އަދި ކަނޑުތައްވެސް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން މިދާ ވިއްސާރަ ހަފްތާއެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް