މި ހިނގާ އޯގަސްޓް މަހުވެސް އޭސް ހާރޑްވެއަރ ގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް !

އޭސްހާރޑްވެއަރ އެންޑް ހޯމްސެންޓަރަކީ ކަސްޓަމަރުންނަށް ވަރަށް ކަމުދާ ޕްރޮމޯޝަންތަކެއް އާންމުކޮށް ހިންގާ ތަނެކެވެ. އެހެން މަސްމަހެކޭ އެއްފަދައިން މި މަހުގައިވެސް ޕްރޮމޯޝަނެއް އެބަގެންދެ އެވެ. ނަމަވެސް މ...

08 Aug 2017 | 04:06

އޭސްހާރޑްވެއަރ އެންޑް ހޯމްސެންޓަރަކީ ކަސްޓަމަރުންނަށް ވަރަށް ކަމުދާ ޕްރޮމޯޝަންތަކެއް އާންމުކޮށް ހިންގާ ތަނެކެވެ.

އެހެން މަސްމަހެކޭ އެއްފަދައިން މި މަހުގައިވެސް ޕްރޮމޯޝަނެއް އެބަގެންދެ އެވެ. ނަމަވެސް މި މަހުގެ މި ޕްރޮމޯޝަން މާ ހާއްސައެވެ. މި މަހުގެ ޕްރޮމޯޝަން އަލިއަޅުވައިލައިފައިވަނީ ޕަވަރ ޓޫލްސް އަދި ހޭންޑް ޓޫލްސް އަށެވެ. ޢޭސް ހާރޑވެއަރ އަކީ ނަންމަޝްޙޫރު އަދި މީހުންގެ މަގުބޫލުކަން ލިބިފައިވާ ޓޫލްސް ތަކެއް އެކި އަގުތަކުގައި ވިއްކަމުންދާ ތަނެކެވެ. މީގެ ތެރެއިން އެމެރިކާގެ އެންމެ ގިނަދުވަސްވީ އެންމެ ހިނގާ ޓޮޕް އިން ކްލާސް ބްރޭންޑްތައް ކަމަށްވާ މިލްވައުކީ، ޢޭސް ، ކްރާފްޓްސްމަން، ސްޓޭންލީ ޢަދި ޖަރމަނީގެ ޢެންމެ ނަން މަޝްޙޫރު ޓޫލްސް ބްރޭންޑް ކަމައްވާ އޭއީޖީ ވެސް ހިމިނެއެވެ. މީގެ އިތުރުން އެތައް ބައިވަރު އެހެން ބްރޭންޑް ތަކުގެ ޓޫލްސް ތައްވެސް އޭސްހާރޑްވެއަރ އިން މިމަހު ލިބެން ހުރެ އެވެ.

މީގެ އިތުރުން ފޭސްބުކްގައި ލައިކް އެންޑް ކޮމެންޓް ޕްރޮމޯޝަނެއް މިމަހުގެ މެދުތެރޭގައި ބާއްވަން ހަމަޖައްސާފައިވެއެވެ. މި ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވޭ ބޭފުޅަކަށް އޭސް ބްރޭންޑްގެ ކޯޑްލެސް 21 ވޯލްޓްގެ ޑްރިލްއެއް ލިބިގެންދާނެއެވެ. އަދި ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ބާއްވާ ރޯޑް ޝޯއެއްވެސް މިމަހު ކުރިއަށް ދާނެއެވެ. މި ރޯޑްޝޯގައި ތަފާތު ކުޅިވަރުތައް ބޭއްވި، އޭސް ހާރޑވެއަރގައި ލިބެން ހުންނަ ޓޫލްސްތައް ބޭނުންކޮށްލުމުގެ ފުރުސަތު ތަކެއްވެސް ހުޅުވިގެން ދާނޭ ކަމުގައިވެސް އޭސް ހާރޑްވެއަރ އިން ހާމަކުރެ އެވެ. އޭސް ހާރޑްވެއަރ އިންމައުލޫމާތދޭގޮތުގައި މި ރޯޑްޝޯގައިވެސް ހަދިޔާ ތަކެއް ބައިވެރިވާ އެންމެ ހުނަރުވެރި ފަރާތްތަކަށް ލިބިގެންދާނެއެވެ. އޭސް ހާރޑްވެއަރގައި މިމަހު 50% އާ ހަމައަށް ޑިސްކައްންޓް ވަރަށް ގިނަ އަދަދެއްގެ ޓޫލްސް ތަކެއްގައި އަޅުވައިފާވެއެވެ. އަދި މާލޭގެ އެހެން އެއްވެސް ތަނަކުން ނުލިބޭފަދަ ތަފާތު ބާވަތްތަކުގެ ޓޫލްސްތައް އަޖައިބުވާހާ ރަގަޅު އަގުތަކުގައި މި އޮގަސްޓް މަހު ލިބެން ހުންނާނޭ ކަމަށާއި މިއީ އަބަދުވެސް ވަރަށް ގިނަ މީހުނަށް ކަމުދާ ޕްރޮމޯޝަނެއް ކަމަށް ގަބޫލު ކުރެވިގެންދާކަމަށާއި އަދި އެއީ މިއަށް ކުރިންވެސް ލިބިފައިވާ މަގުބޫލު ކަމުން ކަމަށާއި އަދި މިއީ އެއްވެސް ގޮތަކަށް ގެއްލިގެންދާވަރު ފުރުސަތެއް ނޫން ކަމުގައިވެސް އޭސް ހާރޑްވެއަރ އިން ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް