އުފާފާޅުކުރަން ރާއްޖެ އައުމަށް އިންޑިއާގެ ކްރިކެޓް ޓީމަށް ރާއްޖެއިން ދަޢުވަތު އަރުވައިފި

މި އަހަރުގެ T20 ވޯލްޑްކަޕް ކްރިކެޓް މުބާރާތް ކާމިޔާބުކުރި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމު އުފާ ފާޅުކުރުމަށް ރާއްޖެ އައުމަށް ރާއްޖެއިން ދަޢުވަތު އަރުވައިފިއެވެ. މި ދަޢުވަތު އަރުވާފައިވަނީ އެމްއެމްޕީއާރ...

08 Jul 2024 | 18:13

މި އަހަރުގެ T20 ވޯލްޑްކަޕް ކްރިކެޓް މުބާރާތް ކާމިޔާބުކުރި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމު އުފާ ފާޅުކުރުމަށް ރާއްޖެ އައުމަށް ރާއްޖެއިން ދަޢުވަތު އަރުވައިފިއެވެ.

މި ދަޢުވަތު އަރުވާފައިވަނީ އެމްއެމްޕީއާރްސީއާއި މަޓީ ގުޅިގެންނެވެ.

އެގޮތުން އރުވާފައިވާ މި ދައުވަތުގައި ބުނެފައިވަނީ އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމު އުފާ ފާޅުކުރުމަށް ރާއްޖެ އައުމަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

މި ދަޢުވަތަކީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ދަޢުވަތަކަށްވެގެންދާނެ ކަމުގައިވެސް ރާއްޖޭގެ ދަޢުވަތުގައި ބުނެފައިވެއެވެ.

މި ދަޢުވަތު އިންޑިއާގެ ކްރިކެޓް ޓީމުން ޤަބޫލުކުރިކަން އަދި ސާފެއް ނޫނެވެ.

ދެކުނު އެފްރިކާ ބަލިކޮށް އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމުން T20 ވޯލްޑްކަޕް ތަށި އުފުއްލައިލީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް