ފުވައްމުލައް ސިޓީ ކަނބަލުންނަށް ދިވެހި ސިފައިން "ހަށިހެޔޮ ދުޅަހެޔޮ ކަސްރަތު" ޕްރޮގްރާމެއް ފަށައިފި

ދިވެހި ސިފައިންނާއި، ފުވައްމުލަކު ސިޓީ ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަނާ ގުޅިގެން "ހަށިހެޔޮ ދުޅަހެޔޮ ކަސްރަތު" ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ. އިއްޔެ ފެށި އެ ޕްރޮގްރާމް ކުރިއަށް ގެނ...

08 Jul 2024 | 17:30

ދިވެހި ސިފައިންނާއި، ފުވައްމުލަކު ސިޓީ ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަނާ ގުޅިގެން "ހަށިހެޔޮ ދުޅަހެޔޮ ކަސްރަތު" ނަމުގައި ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެ ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ފުވައްމުލަކު ސިޓީގައެވެ. އެއް މަސް ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮގްރާމްގައި 140 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެ ޕްރޮގްރާމުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާއި އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހަށިގަނޑު ބައްޓަންކުރަންވީ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް