ހުއްދަނެތް ބިދޭސީންލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ ސާފު ލުއި އިންޒާރެއް !

މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީންލައްވާ މަސައްކަތްކުރާ ދިވެހިންނަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސާފު ލުއި އިންޒާރެއް ދެއްވައިފިއެވެ. އެގޮތުން މިރޭ ޝަމްޢާން އެކްސްގައި...

08 Jul 2024 | 17:26

މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީންލައްވާ މަސައްކަތްކުރާ ދިވެހިންނަށް ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސާފު ލުއި އިންޒާރެއް ދެއްވައިފިއެވެ.

އެގޮތުން މިރޭ ޝަމްޢާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެފަދަ ފަރާތްތަކަށް ހަނދުމަކޮށްދީފައިވަނީ ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު)  ގެ 30 ވަނަ މާއްދާގެ ދަށުށް  ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް. އަދި އެފަދަ ފަރާތްތައް އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށެވެ.

ޝަމްޢާން އިތުރަށް ވިދާޅުވެފައިވަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ.

ޝަމްޢާން މިރޭ މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ޤަވާޢިދާ ޚިލާފަށް ވިޔަފާރިތައް ކުރާ ބިދޭސީން އަތުލައިގަތުމަށް ދިވެހި ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން އަންނަނީ ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް