އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ. ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކި...

08 Jul 2024 | 16:13

ބޭންކް އޮފް މޯލްޑިވްސް އިން ކަސްޓަމަރުންނަށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ގެ އައު ޕްރޮމޯޝަންއެއް މިއަދު ފަށައިފިއެވެ.

ކަސްޓަމަރުންނަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރ މެދުވެރިކޮށް ބޭންކް އެކައުންޓް، ކޭޝް އޭޖަންޓުންނާއި އަދި ޑިޖިޓަލް  ވޮލެޓްތަކަށް ޔޫއެސް ޑޮލަރު އެކައުންޓާއި ޔޫއެސްޑީ ޕްރީޕެއިޑް ކާޑު މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމުގައި ބީއެމްއެލްއިން ބުނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ މުއްދަތުގައި ގުރުއަތުން ހޮވާލެވޭ 5 ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 5،000 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށާއި މި ފްރޮމޯޝަންގެ މުއްދަތުގައި އިންޓަނޭޝަނަލް މަނީ ޓްރާންސްފާގެ ހިދުމަތް މެދުވެރިކޮށް 100 ޑޮލަރަށް ވުރެ ގިނައިން ރާއްޖެއިން ބޭރަށް ޓްރާންސްފާ ކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާނީ 8 ޖުލައި އިން ފެށިގެން 7 ސެޕްޓެމްބަރު 2024 ގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/win-big-with-international-money-transfer

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް