65 އަހަރު ވީމަ ދޭ އިނާޔަތް ދޭންވީ ޙައްގުވެރިންނަށް އެކަނިކަމަށް ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު މިހެން ވިދާޅުވެފައިވަނީ، ސަރުކާރުން ސަބްސިޑީ އޭގެ ހައްޤުވެރިންނަށް އެކަނި ލިބޭނެ ނިޒާމެއް ޤާއިމްކުރުމަށް މަސައްކަތްތައް ކުރަމުންދާކަމަށް މާލީ ވަޒީރުގެ ނައިބު އަޙްމަދު ސާއިދު މުސްތަފާ ވިދާޅުވެފައިވަނިކޮށް އެއާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ، 65 އަހަރު ވީމަ ދޭ 5،000 ރުފިޔާ ދޭންވީ އޭގެ ހައްގު ވެރިންނަށް އެކަނި ކަމަށެވެ. އެ އިނާޔަތް 65 އަހަރުވާ ކޮންމެ މީހަކަށް ޙައްގު ނޫން ކަމަށް ވެސް މުޢިިއްޒު ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ސަރުކާރުން ވަނީ ސިޔާސީ ވަޒީފާތައްވެސް މަދު ކުރުމަށް ނިންމަވާފައެވެ.
ދައުލަތުންދޭ 5،000 ރުފިޔާ 65 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް