36 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ކިޔެވުން ނިމިއްޖެ، ނަތީޖާ ފާޅުކުރުން މި މަހު 18 ގައި

992 ދަރިވަރުންގެ ކިޔެވުމާއި އެކު 36 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ޖުމްލަ 992 ދަރިވަރުން ކިޔަވާފައިވާއިރު، ބަލައިގ...

08 Jul 2024 | 10:19

992 ދަރިވަރުންގެ ކިޔެވުމާއި އެކު 36 ވަނަ ޤައުމީ މުބާރާތުގެ ކިޔެވުން ނިމިއްޖެއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މިފަހަރުގެ މުބާރާތުގައި ޖުމްލަ 992 ދަރިވަރުން ކިޔަވާފައިވާއިރު، ބަލައިގެން ކިޔެވުމުގެ ބައިން 579 ދަރިވަރުން، އަދި ނުބަލައި ކިޔެވުމުގެ ބައިން 413 ދަރިވަރުން ކިޔަވާފައިވާކަމަށެވެ.

މިއަހަރުގެ ޤައުމީ ޤުރްއާން މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 29އިން ޖުލައި 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ  މުބާރާތުގެ ނާތީޖާ ފާޅުކުރުމުގެ ޙަފްލާ މި ޖުލައި މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮންނާނެ ކަމަށެވެ.

މުބާރާތް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިއަހަރުގެ މުބާރާތުގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ ސަލްމާން މިސްކިތުގެ ދެ ހޯލްގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށް ގެންގޮސްފައިވާއިރު، ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައީ ސަލްމާން މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލްގައެވެ.

މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔައީ 3 ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް