ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ފާހަގަކުރައްވާފައި ވަނީ މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާ މެދުވެރިކުރައްވައި ފޮނުއްވި ތަހުނިޔާގެ ޕޯސްޓެއްގައެވެ.
މިއަހަރު ލިޔުންތެރިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތަހުޒީބު މުޖުތަމަޢެއް ދެމެހެއްޓުމަށް ޓަކައި ލިޔުންތެރީންގެ ދައުރު މުހިންމު!" އެވެ.
ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުގައެވެ. އެއީ ދިވެހިރާއްޖޭގައި ޗާޕްކޮށްގެން ނެރުނު ފުރަތަމަ އަދަބީ މަޖައްލާ ކަމުގައިވާ"އަލްއިޞްލާޙް" ނެރެން ފެށުނު ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް