ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދީފި

ރައްޔިތުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ. ނިހާދު ނިމިގެން ދިޔަ 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައި...

08 Jul 2024 | 09:28

ރައްޔިތުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

ނިހާދު ނިމިގެން ދިޔަ 19 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓްގަ އެވެ.

އެހެންނަމަވެސް ދައުރު ނިމުނު ފަހުން،  މިދިޔަ ޑިސެމްބަރު މަހު ނިހާދު ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ޕީއެންސީއަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި ބޭފުޅުންގެ ތެރޭގައި ނިހާދު ހިމެނިވަޑައިގަންނެވި ނަމަވެސް ޕީއެންސީއާ ގުޅިވަޑައިގެންނެވީ ރައްޔިތުން އެދޭތީ ކަމަށް ނިހާދު ވަނީ ވިދާޅުވެފައެވެ.

ނިހާދަށް ސްޓޭޓް މިނިސްޓަރުކަން ދިން އިރު މި ސަރުކާރުގެ ސިޔާސީ މަގާމުތައް މާގިނަކަމަށް ބުނެ އިދިކޮޅުން ދަނީ ސަރުކާރަށް ފާޑު ކިޔަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް