ބިދޭސީންގެ މެދުފަންތީ ވިޔަފާރީ ރެއިޑް: ރޭގައި ހަތަރު ފިރެހެނަކާއި ދެ އަންހެނަކު އަތުލައިގަތް

ރާއްޖޭގައި ޤަވާއިދާ ހިލާފަށް  ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ޙާއްސަކޮށްގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ ރެއިޑް އޮޕްރޭޝަންތެރެއިން ރޭގައި ހަތަރު ފިރެހެނަކާއި ...

08 Jul 2024 | 09:08

ރާއްޖޭގައި ޤަވާއިދާ ހިލާފަށް  ބިދޭސީން ހިންގަމުންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ޙާއްސަކޮށްގެން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ ރެއިޑް އޮޕްރޭޝަންތެރެއިން ރޭގައި ހަތަރު ފިރެހެނަކާއި ދެ އަންހެނަކު އަތުލައިގެންފިއެވެ.

ރޭ މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އަދި އެ ސަރަހައްދުން ރޭ ޖުމްލަ ހަ މީހަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި އޮޕަރޭޝަން ކުރިއަށް އޮތްތާގައިވެސް ކުރިއަށް ގެންދާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ޤަވާއިދާ ހިލާފަށް ކުދި އަދި މެންދުފަންތީގެ ވިޔަފާރީ ކުރަމުންދާ ބިދޭސީންނަށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކަން އިމިގްރޭޝަންގެ ކޮންޓްރޯލާރ ޖެނެރަލް މުޙައްމަދު ޝަމްއާން ވަޙީދު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް