ޚަތިމަކަށް ގެއްލުންދޭން އުޅުނީ ބަންގްލަދޭޝް ރައްޔިތެއް، ބަންދަށް 15 ދުވަސް

މާލޭގެ މިސްކިތެއްގައި ޚަތިމަކަށް ގެއްލުންދޭން އުޅުނު ބިދޭސީ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ މާލޭގެ މިސްކިތެއްގައި އޮތް ޚަތިމަކަށް ގެއްލުންދޭން އުޅުނު މައްސ...

08 Jul 2024 | 07:17

މާލޭގެ މިސްކިތެއްގައި ޚަތިމަކަށް ގެއްލުންދޭން އުޅުނު ބިދޭސީ މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މިކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ މާލޭގެ މިސްކިތެއްގައި އޮތް ޚަތިމަކަށް ގެއްލުންދޭން އުޅުނު މައްސަލައަކާއި ގުޅިގެން 36 އަހަރުގެ ބިދޭސީ ފިރިހެނަކު ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ.

"މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި" ފުލުހުން ބުނެފައިވެއެވެ.

ބިދޭސީ އެމީހާގެ ބަންދު އަމުރަށްއެދި ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓުގައި ބުނެފައިވާގޮތުގައި އެ ބިދޭސީ މީހާ ވަނީ މިސްކިތެއްގައި އޮތް ޚަތިމެއްގައި ދަތް އަޅައި ވިދާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް