ކުރީ ޒަމާނުގަ ކަތީބު ކިޔާހެން، ކައުންސިލަށް ރައީސަކާ ނައިބުރައީސަކު ހޮވީމަ ކުދި ރަށްތަކަށް ފުދޭނެ: ރައީސް މުއިއްޒު

ކުރީ ޒަމާނުގަ ކަތީބު ކިޔާހެން، ކައުންސިލަށް ރައީސަކާ ނައިބުރައީސަކު ހޮވީމަ ކުދި ރަށްތަކަށް ފުދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެންސީ...

07 Jul 2024 | 19:32

ކުރީ ޒަމާނުގަ ކަތީބު ކިޔާހެން، ކައުންސިލަށް ރައީސަކާ ނައިބުރައީސަކު ހޮވީމަ ކުދި ރަށްތަކަށް ފުދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ޚަރަދުތައް ކުޑަކުރުމުގެ މަޢުލޫގައި ވާހަކަފުޅު ދައްކަވމުން ރައީސް ވިދާލުވީ ކައުންސިލްތައް ނުކަތާހާ ބޮޑު ކަމަށާއި ކައުންސިލްތަކުގެ ސައިޒު ކުޑަކުރުމަކީ ރައްޔިތުންގެ "ޓްރޫ ރިޕްރެޒެންޓޭޝަން" ދޫކޮށްލުމެއް ނޫންކަމަށެވެ.

"މިސާލަކަށް ދަންނަވަންޏާ މުޅި ޤައުމުގެކަންކަން ނިންމަން ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި މި ހޮވާ މީހާ ހޮވަނީ އެންމެ މީހެއް،އެހެންވީމާ 300 އެއްހާ، 500 އެއްހާ، ހާހެއްހާ މީޙުންގެ ރަށެއްގަ ފަސް މީހުން ހަތް މީހުން ހޮވުމަކީ ވަރަށް ޚަރަދު ބޮޑުކަމެއް" ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ހައްލެއްގެ ގޮތުގައި ރައީސް ވިދާޅުވީ އެންމެ ކުދި ރަށްތަކަށް ރައީސަކާ ނައިބުރައީސަކު އަދި އެއަށްވުރެ ބޮޑެތި ރަށްތަކަށް ކުޑަކޮށް ގިނަކޮށް އަދި ސިޓީތަކަށް އެއަށްވުރެ ކުޑަކޮށް ގިނަކޮށްލުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި، ރައްޔިތުންގެ ވިންދާ އެންމެ ގުޅޭގޮތްކަމުގައި ޤަބޫލުކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

ޤާނޫނު އަސާސީއަށް މި އިސްލާހުވެސް ހުށަހަޅުއްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްތައް މިހާރު ހޮވާގޮތަކީވެސް މާނައެއް އޮތް ގޮތެއް ނޫންކަމަށާއި އަތޮޅު ކައުންސިލް ހޮވާގޮތަށްވެސް އިސްލާހު ހުށަހަޅުއްވާނެކަން މިރޭ ހާމަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް